ފިނޭންޝަލް ސާވިސަސް އޮތޯރިޓީ ފިނޭންސް މިނިސްޓްރީގެ ދަށަށް

މޯލްޑިވްސް އިންޓަނޭޝަނަލް ފިނޭންޝަލް ސާވިސަސް އޮތޯރިޓީ، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް އެފަދައިން ނިންމެވީ ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
ރާއްޖޭގައި އިންޓަނޭޝަނަލް ފިނޭންޝަލް ސެކްޓަރެއް ތަރައްގީ ކުރުމަށް ޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އެފަދަ ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓު ކުރުމުގެ މަސައްކަތްތައް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އިދާރާއަކުން ކުރުމަށް ލަފާ ވެސް ދީފައިވާތީއާއެކު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެ ނިންމުމުގެ ކުރިން އެ އިދާރާ ހިންގަމުން ދިޔައީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. މި ނިންމެވުމާ ގުޅިގެން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުންނެވެ. ފިނޭންޝިއަލް ސާވިސް އޮތޯރިޓީ ރައީސް މުއިއްޒު އުފެއްދެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އެ އިދާރާ އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ހިމެނެ އެވެ.