ޚަބަރު

އެމްއެމްއޭން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތް މައްސަލާގައި ޒަމީރު މަޖިލީހަށް ހާޒިރުކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކެބިނެޓުގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ:ރައީސް އޮފީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތް މައްސަލާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވައިފި އެވެ.

Ads by MPL

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީކާއީލް, މިިނިސްޓަރު ޒަމީރަށް ސުވާލު ކުރައްވައި ޖަވާބު ހޯއްދެވުމަށް ހުށަހެޅުއްވީ މިއަދެވެ. މީކާއީލް މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ސުވާލަށް ޖަވާބު ދެއްވުމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ މިނިސްޓަރު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ، މެންބަރު ހުށަހަޅުއްވާ ސުވާލަކަށް ޖަވާބު ދެއްވައި، ޖަވާބުގެ ރައްދުގައި ކުރެވޭ ސުވާލަށް ޖަވާބު ދެއްވުމަށެވެ.

މީކާއީލް ފޮނުއްވި ސުވާލު:

މަރުކަޒީ ބޭންކު އެމްއެމްއޭން ހުޅުމާލޭން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަތުމަށް ނިންމާފައިވާއިރު މި ކަމުގެ ސަބަބުން ކުރިން އިގުތިސޯދުގައި ދައުރު ވަމުން ނުދާ، އާ ދިވެހި ރުފިޔާގެ ފައިސާ އިގުތިސޯދުގައި ދައުރުވާން ފަށާނެ ކަމަށް ގަބޫލުކުރައްވަންތޯ؟

Ads by Ooredoo