ޚަބަރު

ޗައިނާގެ މީޑިއާ ސެމިނާއަށް އެމްއެމްސީގެ ދެ ބޭފުޅަކާއި ދެ ނޫސްވެރިން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޗައިނާ ސަރުކާރުން އިންތިޒާމްކޮށްގެން އެ ގައުމުގައި ބާއްވާ ނޫސްވެރިކަމާ ގުޅޭ ސެމިނާގައި ބައިވެރިވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ދެ ބޭފުޅަކާއި ދިވެހި ދެ ނޫސްވެރިން ފުރައިފި އެވެ.

Ads by MPL

ސެމިނާގައި ރާއްޖޭން ބައިވެރިވަނީ މީޑިއާ ކައުންސިލްގެ މެންބަރު އަލީ އާދަމާއި، ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އައިޝަތު މަލްސާ މާހިރު، އޭއޯ ނިއުސްގެ ނޫސްވެރިޔާ ޝިމްލާ އަހުމަދު އަދި މިހާރު އޮންލައިންގެ ނޫސްވެރިޔާ އިފްރާޒް އަލީ އެވެ.

"ސެމިނާ އޮން ހެޑްސް އޮފް ޖާނަލިސްޓް އޯގަނައިޒޭޝަން ފޯ ބީއާރުއައި ޕާޓްނާ ކަންްޓްރީސް"ގެ ނަމުގައި ބާއްވާ އެ ސެމިނާ ކުރިއަށް ދާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އޭޕްރީލް 2 އާ ހަމައަށް ދެ ހަފުތާގެ މުއްދަތަކަށެވެ.

ކޮންމެ އޮންލައިން މީޑިއާއަކުން އެއް ނޫސްވެރިޔަކަށާއި ބްރޯޑްކާސްޓިން މީޑިއާތަކުން ވެސް އެއް ނޫސްވެރިޔަކު ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު މީޑިއާ ކައުންސިލުން ދީފަ އެވެ.

މީގެ ކުރިން ވެސް އެކި ދަތުރުތަކުގައި ރާއްޖޭގެ ނޫސްވެރިން ޗައިނާއަށް ގެންގޮސްފައިވެ އެވެ.

Ads by HDC