ބޯޓަކުން އެތެރެކުރި 7 ކިލޯގެ ޑްރަގު އަތުލައިގަނެ 10 ބިދޭސީން ހައްޔަރުކޮށްފި

ކަނޑުމަގުން ބޯޓެއްގައި ރާއްޖެ އެތެރެކުރި 7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 10 ބިދޭސީން ހައްޔަރުކޮށްފި އެވެ.
ކްރިިމިނަލް ކޯޓުން އާއްމުކޮށްފައިވާ ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ އެވެ.
އެ ބޯޓަކީ ކޮން ގައުމެއްގެ ބޯޓެއްކަން ކޯޓު އަމުރުން އެނގޭކަށް ނެތެވެ.
ހައްޔަރުކުރި ކޮށްފައިވަނީ އިންޑިއާގެ 7 މީހުންނާ އިންޑޮނޭޝިއާގެ 3 މީހުންނެވެ.
އެ މީހުންގެ ތެރެއިން 5 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 1 ދުވަހެކެވެ. ބާކީ ތިބި މީހުންގެ ބަންދަށް ކޯޓުން ޖެހީ 5 ދުވަހެވެ.

Ads by HDC