އައްޑޫ ރައްޔިތުން އެނބުރި ރަށަށް ދިޔުމަށް ނިޒާރު ގޮވާލައްވައިފި
އައްޑޫއިން ބޭރުގައި އުޅޭ އެސިޓީގެ ރައްޔިތުން އެނބުރި ރަށަށް ދިއުމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި އައްޑޫ މޭޔަރުކަމަށް އެމްޑީޕީން ވާދަ ކުރައްވާ ކެނޑިޑޭޓް އަލީ ނިޒާރު ގޮވާލައްވައިފިއެވެ.
ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެންމެން ވެގެން އައްޑޫގެ ކުރިމަގު ބިނާ ކުރަން މަސައްކަތް ފަށަންވީ ވަގުތު ކަމަށެވެ.
"މި ދަނޑިވަޅުގައި ގޮތް ނިންމަވާ. ރަށަށް އެނބުރި ވަޑައިގަންނަވާ. އެންމެން ވެގެން އަޅުގަނޑުމެންގެ ވަޒަން އައްޑޫގެ ކުރިމަގު ބިނާ ކުރަން މަސައްކަތް ފަށަންވީ ވަގުތު މީ. އެންމެން އުޅެވޭނެ ގޮތް ހެދޭނެ. ގޯތި ދެވޭނެ. ފްލެޓް ވެސް ދެވޭނެ. މަސައްކަތް ވެސް ހޯދޭނެ. ކުޑަ ގުރުބާނީ އެއް ވެލަން ވީ." ނިޒާރު ވިދާޅުވިއެވެ.
Mi dhandivalhugai goi nimmavaa. Rashah enburi vadai gannavaa. Emmen vegen alhugandumenge vazan Addu ge kurimagu binaa kuran masakkai fashan vee vaguthu mee. Emmenah ulhevey ne goi hedheyne. Goathi dheveyne. Flat ves dheveyne. Masakkai ves hoadheyne. Kuda gurubaanee eh velan vee.
— Ali Nizar (@DhekunuNizar) April 4, 2020
ނިޒާރު މިހެން ވިދާޅުވެފައިވާއިރު، މާލޭގައި ދިރިއުޅޭ ފަރާތްތައް ކުލި ނުދެއްކިގެން އެތަނުން ނެރެންދެން ތިބެގެން ނުވާނެ ކަމަށާއި ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން މަގުމަތިވުމުގެ ކުރިން އަވަހަށް ރަށަށް ބަދަލުވުމަށް މަޖިލީހުގެ ޖަލްސާއެއްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަނީ ގޮވާލައްވާފައެވެ.