ޚަބަރު

މީހުން ފޭބުމުގެ ހުއްދަ ދިނީ 4 ރިސޯޓަކާއި 15 ސަފާރީއަކުން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކުންނާއި، ސަފާރީތަކުން މީހުން ފޭބުން މަނާކޮށްފައި އޮތުމަށްފަހު 15 ރިސޯޓަކާއި ނުވަ ސަފާރީއަކުން މީހުން ފައިބަން ހުއްދަ ދީފައިވާ ކަމަށް މިރޭ ފުރަތަމަ ހާމަކުރި ނަމަވެސް މީހުން ފައިބަން ހުއްދަ ދިނީ ހަތަރު ރިސޯޓަކުންނާއި 15 ސަފާރީއަކުން ސަރުކާރުން ބުނެފިއެވެ.

Ads by Hajj Corporation

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވިދާޅުވީ ހުއްދަ ދިނީ ހަތަރު ރިސޯޓަކުންނާއި 15 ސަފާރީއަކުން މީހުން ފައިބަން ކަމަށެވެ.

މީހުން ފައިބަން ހުއްދަ ދިން ރިސޯޓްތަކަކީ މަލަހިނި ކުޑަ ބަނޑޮސް، ކޮއްޓަފަރު، ރަހާ ރިސޯޓް، ފޯސީޒަން ޕްރައިވެޓް އައިލެންޑް ވޯވަށް އެވެ. އަދި މީހުން ފައިބަން ހުއްދަ ދިން ސަފާރީ ތަކަކީ ސްޓެލާ 2، ހަމަތި، ކޮންޓެ މެކްސް، އޯވަ ރީފް، ސީ ކޮރަލް ވިޔާޖެސް މޯލްޑިވްސް ފްރައިވެޓް ލިމިޓެޑް، މެޖިކް ލޭންޑް މޯލްޑިވްސް، ތެއިއާ ސަފާރީ، އައްސިދަ ސަފާރީ، ލިއޯ، ނޯއާ ސަފާރީ، ސްޓެލާ 1، އެންސިސް ފެސިލިޓީ، ސޮލެއިލް 1، ޕްރިންސެސް ނޫރް، ދަ މޯލްޑިވްސް މޮސާއިކް އެވެ.

އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.

އަދި ރިސޯޓެއްގައި އެންމެ ފަހު ފަތުރުވެރިޔާ އައިތާ މިހާތަނަަށް 14 ދުވަސްވެފައިވާނަމަ އަދި މިވީހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް އަދި ބަލީގެ އަލާމާތްތައް ހުރި މީހެއްވެސް ނެތް ރަށެއް ކަމުގައިވާނަމަ އެ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމުވެސް އެޗްޕީއޭއިން އޮތީ ހަމަޖައްސާފައި ކަމަށެވެ.

މީގެ އިތުރުން މިދިޔަ 14 ދުވަސް ތެރޭގައި އެރަށަށް ފަތުރުވެރިއަކު ނާރާ ރަށްތަކުގެ މުވައްޒަފުންނާ މެދުވެސް އަމަލު ކުރަމުން އަންނާނީ އެ އުސޫލުގެ ތެރެއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!