ޚަބަރު

ދެ ރިސޯޓް ހަދަން ކެލާ ފަޅުން 325 ހެކްޓަރު ކަނޑައަޅައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހއ. ކެލާ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ: މޯލްޑިވްސް މެގަޒިން.ކޮމް

ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް ޓަކައި، އެ ރަށުގެ ފަޅު ތެރެއިން ޖުމުލަ 325.5 ހެކްޓަރު ކަނޑައެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

Ads by STELCO

ކެލާ ފަޅުގައި ދެ ރިސޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ކެލާ ފަޅުން ރިސޯޓް ތަރައްގީކުރަަންވީ ސަރަހައްދުގެ 325.5 ހެކްޓަރު ކަނޑައެޅުއްވުމަށް ކެލާގެ އިހުތިސޯސަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

ކެލާގެ އިހުތިސޯސަށް ގެނައި ބަދަލު ސަރުކާރުގެ ގެޒެޓުގައި ވެސް މިއަދު ވަނީ ޝާއިއުކޮށްފަ އެވެ.

ކެލާ ފަޅުގައި ދެ ރިސޯޓް ހަދަން 325 ހެކްޓަރު ހަމަޖެއްސިއިރު އެ ފަޅަކީ 2،400 ހެކްޓަރު ބޮޑު ފަޅެކެވެ.

ކަނޑޫފަލަކާއި ޗަސް ބިމެއް ވެސް އޮންނަ، 2400 މީހުންގެ އާބާދީއެއް އޮންނަ ކެލާ މަޝްހޫރު ވެފައި ވަނީ އެ ރަށުގެ ރީތި ބީޗުގެ ސަބަބުންނެވެ. އެ ދޮންވެލި ބީޗަކީ ދުނިޔޭގެ ނަން މަޝްހޫރު، އެވޯޑުތަކެއް ވެސް ލިބިފައިވާ ބީޗެކެވެ.

އިނގިރޭސިން ރާއްޖޭގައި އުޅުނު އިރު ވަޒަންވެގެން ތިބި އެއް ރަށް ކަމަށްވާ ކެލާގައި އަދިވެސް އިނގިރޭސީންގެ އޭރުގެ ބިނާތަކުގެ ނިޝާންތައް ވެސް އެބަ ހުއްޓެވެ.

މިފަދަ އެތައް ގޮތަކުން ހާއްސަ ކެލައަކީ އަބަދުވެސް ޓުއަރިޒަމްގެ ހުވަފެން ދެކޭ ރަށެކެވެ. ގެސްޓް ހައުސް ވިޔަފާރިކުރަމުންދާ ކެލާގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާ ކުރުމަށާއި ފަޅުގައި ރިސޯޓް ތަރައްގީކުރުމަކީ ވަރަށް ކުރީއްސުރެން ވެސް ކޮންމެ ސަރުކާރެއްގައި ވެސް ދައްކާ ވާހަކައެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!