ރަސްދޫން ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ

އއ. ރަސްދޫން ފިހުނު ދަމަފިރިންގެ ތެރެއިން އަންހެން މީހާ މިއަދު ނިޔާވެއްޖެ އެވެ.
ރަސްދޫގައި މި މަހުގެ 24 ވަނަ ދުވަހު ހިނގި ހާދިސާގައި ފިހުނީ އައިޝަތު ރިފްގާ އަދި އަލީ ސާމިންނެވެ. އުމުރުން 31 އަހަރުގެ ދެމަފިރިން ވަގުތުން އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށި އެވެ.
ނަމަވެސް ހަށިގަނޑުގެ ބޮޑު ބައި ފިހިފައި އޮތުމުން އޭރު ވެސް ޑޮކްޓަރުން ވަނީ ދެމަފިރިންނަށް އުންމީދު ކަނޑާލައިފަ އެވެ.
ރިފްގާ ނިޔާވީ މިރޭގެ އިރާކޮޅެވެ. ސާމިނަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގަ އެވެ.

Ads by HDC