މުނިފޫހިފިލުވުން ދިވެހި ސިނަމާ

ހަނގާ ކުރި މީހުންނަށް ޝީލާގެ ރައްދު: ކޮން ފައިދާއެއް ލިބެނީ މީހުންނޭ ކިޔައިގެން ތިހާ ހަޑިކޮށް ވާހަކަ ދައްކައިގެން؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީސްމީޑިއާގެ އެކި ޕޭޖުތަކުގައި އެކި މީހުންގެ ފޮޓޯ އާއި ވީޑިއޯތައް ލުމާއި، މީހުން ހަނގާ ކުރުމަކީ މިރާއްޖޭގައި ވެސް މިހާރު ވަރަށް އާއްމު ކަމެކެވެ. ގިނަ ފަހަރަށް މިފަދައިން ހަނގާގެ ޝިކާރައަކަށް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނެވެ.

Ads by STELCO

މިފަހަރުވެސް ވެފައިމިވަނީ އެފަދަ ގޮތެކެވެ. ދިވެހި ފިލްމީ ތަރި ޝީލާ ނަޖީބު އޭނާ ގެންގުޅޭ ބުޅަލާއި ވާހަކަ ދެއްކި ވީޑިއޯ އެއް ފޭސްބުކްގެ ޕޭޖަކަށްލާ، އޭގެ ސަބަބުން ގިނަ ބަޔަކު ވަނީ ޝީލާއަށް ހަނގާ ކޮށްފައެވެ.

ޝީލާ އޭނަގެ އިންސްޓަގްރާމްގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ އޭނާ ގެންގުޅޭ "ކިއާރާ" ނަމަކަށް ކިޔާ ބުޅަލާއި ވަރަށް ލޯބިން ވާހަކަ ދައްކާ މަންޒަރެވެ. އެވީޑިއޯ ޝީލާގެ ހުއްދައަކާއި ވެސް ނުލާ ފޭސްބުކް ގެ ޕޭޖެއްގައި ހިއްސާ ކޮށްފައިވާއިރު، ބައެއް މީހުން ވަނީ ޝީލާ މޮޔަވީތޯ ވެސް ސުވާލުކޮށް، ވަރަށް ހުތުރު އިބާރާތް ވެސް ބޭނުން ކޮށްފައެވެ.

މީހުންގެ ހަނގާތަކަށް އާއްމުކޮށް ރައްދު ނުދޭ ޝީލާ، މިފަހަރު އޭނާގެ ފޭސްބުކް މެދުވެރިކޮށް ވަނީ އެމީހުންނަށް ރައްދު ދީފައެވެ. އެގޮތުން ޝީލާ ބުނެފައިވަނީ އެއީ އޭނާގެ އަމިއްލަ "ޕެޓެއް" ކަމަށާއި އޭނާ ޕެޓް ދެކެ ލޯބިވާތީ އެއެއްޗެއްސާއި ވާހަކަ ވެސް ދައްކާހިތްވާ ކަމަށެވެ.

"ކޮބާ މައްސަލައަކީ އެއެއްޗެއްސާއި ވާހަކަ ދެއްކިޔަސް؟ އަހަރެން އެއެއްޗެހި ދެކެ ލޯބިވާކަން ދައްކާ ގޮތް އެއީ. އެހެންވީމަ އަހަންނާއި އަހަރެންގެ ޕެޓޭ ކިޔައިގެން ޕޭޖުތަކުގައި އެއްޗެހި ޕޯސްޓުކޮށް ހަނގާ ނުކުރޭ! ތިއީ ވަރަށް ނާތަހުޒީބު ކަމެއް. ބައެއް ކޮމެންޓުތައް ވަރަށް ނޭދެވޭ، އަދި އެހާމެ އިހްތިރާމުކަން ކުޑަ. އޭގެން ވެސް ދައްކުވައި ދެނީ އަހަރެމެންގެ މުޖުތަމައު ހަލާކުވެފައިވާ މިންވަރު. މީހުންގެ ވީޑިއޯތައް ލައިގެން އެއަށް ހަޑިކޮށް ކޮމެންޓު ކޮށްފައި، ދިމާ ކޮށްފައި، އެއީ އެންމެ ހަޑި މީހުން އުޅޭ ގޮތް" ޝީލާ ބުންޏެވެ.

ހަގީގަތުގައި ވެސް މިއީ ތެދެކެވެ. މީހުން އެމީހުންގެ އަމިއްލަ އެކައުންޓުތަކަށް ލާ ޕޯސްޓުތައް މިފަދައިން ވަގަށް ނަގައިގެން މީސްމީޑިއާގައި ޢާއްމުކުރާ މީހުން ވަރަށް ވެސް ގިނައެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި ވެސް އުޅެނީ އިންސާނުން ކަމާއި އެމީހުންގެ ވެސް އަމިއްލަ ދިރިއުޅުމެއް އޮންނާނެކަން ގިނަމީހުން ހަނދާން ނެތެއެވެ.

Ads by Allied Insurance
  1. އަހަރެން

    ޙަމަަ އަސްލުވެސްް. ރާއްޖޭގަަ މީހުންނަށްް ހަނގާ ކުރުން ޖެއްސުންް ކުރުން މީި އާދަޔަކައްް ހަދައިފ. ބެހޭެ ކަމެއްް ނުބެހޭޭ ކަމެއްް ނޯވެެ. ވަރަށްް ވެސްް ދަށުު ދަރަޖައިގެެ ނޭދެވޭޭ ކަންކަންް މީހުންް ފަރާތުންް ފެންނަމުންް އެބަދޭޭ. މީހެކޭޭ ކިޔައިގެންް އެއްޗިހިި ކިޔާއިރުު ސޯޝަލްް މީޑިއާާ ވީމަަ އަދިި މާަ ވިސްނަންް ވާނެެ ދޯޯ.