ސިޔާސީ

ޝީލާއާއި މަނިކު ވެސް އެމްއެންޕީއާ ގުޅިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބުއާއި މުޙައްމަދު މަނިކު ވެސް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާ މިއަދު ގުޅިއްޖެއެވެ.

Ads by STELCO

ޝީލާއާއި މަނިކު އެމްއެންޕީއާ ގުޅިފައިވާކަން އެ ޕާޓީން މިރޭ ވަނީ ހާމަ ކޮށްފައެވެ.

ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ އަދި މިހާރު ވެސް ހަރަކާތްތެރި ވަމުން އަންނަ ޝީލާއާއި މަނިކު، އެމްއެންޕީއާ ގުޅުމަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި އެމްއެންޕީން ވަނީ ބުނެފައެވެ.

ޝީލާއާއި މަނިކު އެމްއެންޕީއާ މިރޭ ގުޅިފައިވާއިރު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް މިއަދު ވަނީ އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ ތިއްބަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ އެމްއެންޕީގެ މަސްއޫލުވެރިޔެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ފޯމު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއެވެ.

އެމްއެންޕީގައި އިސްވެ ހަރަކާތްތެރިވާ މަޖިލިސް މެންބަރުންނަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ)ގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއާއި، ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު އުޝާމްއެވެ.

Ads by HDC
  1. ާަަަފަޒޫ

    ީބާގީ ހެހެހެ!