ޚަބަރު

މިދިޔަ މަހު ހުށަހެޅި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަދު: މިނިސްޓަރު

ދެން އެމްވީ ، ދެން އޮންލައިން

ގެވެށި އަނިޔާއާއި ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާ ރިޕޯޓުކޮށްފައިވާ އަދަދު މިދިޔަ މަހު މަދު ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ގެވެށި އަނިޔާގެ ތަފާސް ހިސާބު ބަލާއިރު ޖެނުއަރީ މަހާ ހަމައަށް ރިޕޯޓް ކުރެވިފައިވަނީ 34 މައްސަލަ، ފެބްރުއަރީ މަހު 39 މައްސަލަ އަދި މާޗު މަހު 26 މައްސަލަ ކަމަށެވެ.

އަދި ފާއިތުވި ތިން މަސް ދުވަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާގެ ތަފާސް ހިސާބަށް ބަލާއިރު ޖެނުއަރީ މަހު 121 މައްސަލަ، ފެބްރުއަރީ މަހު 169 މައްސަލަ އަދި މާޗު މަހު 101 މައްސަލަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތަފާސް ހިސާބުން ބަލާލާއިރު، މާޗު މަހު ރިޕޯޓިން މަދު. މީގެ އެކި ސަބަބުތައް ވެސް ހުރެދާނެ. ގަބޫލުކުރަން ބޭނުންވަނީ ކުދިންނަށް ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތައް ހަމަ ހަގީގަތުގައި ވެސް ދަށީއޭ. އެކަމަކު އެއީ އުއްމީދެއް" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ގެވެށި އަނިޔާ ލިބޭ ފަރާތް އެ އަނިޔާ ދޭ ފަރާތާއި އެކުގައި އުޅޭނަމަ އެ މައްސަލަ ރިޕޯޓު ކުރަން އުނދަގޫ ކަމަށް ދިރާސާތަކުން ދައްކާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!