އާދަޔާހިލާފު ކޮންގްރެސް ފާސްކުރަން އެމްޑީޕީ ގައުމީ މަޖިލިސް ހޮނިހިރަށް އެއްވަނީ

އިދިކޮޅ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ހޮނިހިރު ދުވަހުގެ ރެއަށް ތާވަލުކޮށްފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) "ދެން" އަށް މިރޭ ވިދާޅުވީ މިއީ ކުރިން ވެސް ބާއްވަން ނިންމާފައި އޮތް ކޮންގްރެސް ކަމަށެެވެެ.
ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30ގަ އެވެ. އިބުރޭ ވިދާޅުވީ ގައުމީ މަޖިލީހުގެ އެ ޖަލްސާގައި ކޮންގްރެސް ބާއްވާނެ ދުވަހެއް ފާސްކުރާނެ ކަމަށެވެ.
ކޮންގްރެސްއެއް ބާއްވަން މަސައްކަތް ކުރަމުންދާ އިރު އެމްޑީޕީގެ އިސް ބޭފުޅުންތަކެއް އެ ޕާޓީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއިން އަލުން އެމްޑީޕީއާ ގުޅުން ރަނގަޅުކަމަށް ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދަށް އެންމެ ވަފާތެރި މެމްބަރުންގެ ގޮތުގައި ތިއްބެވި ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން މިދިޔަ ޖެނުއަރީ މަހު ވަނީ އެ ޕާޓީން ވަކިވެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އޭގެ ތެރޭގައި ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވަ އެވެ.
އެމްޑީޕީން އެންމެ ފަހުން ކޮންގްރެސްއެއް ބޭއްވީ 2022 ވަނަ އަހަރު އެވެ.
