ޚަބަރު

ގޭހަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ އޭސީސީން ބަލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
މޯލްޑިވްސް ގޭސް -- އިބްރާހީމް ޝަމްވީލް

މޯލްޑިވް ގޭހަށް، ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެފި އެވެ.

Ads by MPL

އޭސީސީން މިރޭ ބުނީ އެ މައްސަލަ އެ ކޮމިޝަނުގެ ސަމާލު ކަމަށް އައިސް އެ މައްސަލަ ހިނގި ގޮތް ބެލުމަށް ކޮމިޝަނުން ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އެ ކޮމިޝަނަކުން ނުދެ އެވެ.

މި މައްސަލަ ތިލަވީ މިއަދު މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ ކަން ފާހަގަ ކުރެއްވުމުންނެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓްއެެއްގެ ގޮތުގައި ގޭސް ޝިޕްމަންޓްއަކަށް ދެއްކި ފައިސާވެސް ގެއްލިއްޖެ. ދެން އެ ފައިސާ ހޯދުމުގެ ކަންކަމުގައި ވެސް އެއްވެސް ކާމިޔާބީއެއް ނުލިބޭ" ނާޒިމް ވިދާޅުވި އެވެ.

"ދެން" އަށް އެނގިފައިވާ ގޮތުން އެ ގޭސް ޝިޕްމަންްޓްއަށް ދުބާއީ ކުންފުންޏަކަށް 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) މޯލްޑިވް ގޭސްއިން އޮތީ ދައްކާފަ އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!