ޚަބަރު

ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުން އަވަސްކުރަން މަޝްވަރާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުން އަވަސްކުރުމަށް މަޝްވަރާކޮށްފި އެވެ.

Ads by MPL

ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑް-19ގެ ދުވަސްވަރު އައި އިގުތިސޯދީ ތަދުމަޑުކަމަށް ފަހު، 2020 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން ބަންދުކޮށްފައި ހުންނަތާ ފަސް ވަރަކަށް އަހަރުވީ އެވެ.

އެ މަރުހަލާތައް އަވަސްކުރަން މަޝްވަރާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ބައިވެރިވީ، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް، ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު، އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޝަންގްރިއްލާގެ ސީނިއާ މެނޭޖުމަންޓާއެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރީ އަލުން ހުޅުވުމަށް ކުރެވޭ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ.

ޝަންގްރިއްލާ ރިސޯޓް ހިންގާ 'އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް'ގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އޭގެ ފަހުން ވެސް ރިސޯޓް ހުޅުވިފައެއް ނުވެ އެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!