ޚަބަރު

ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި، މީހަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ފުލުސް އޮފިސަރަކު މަގުމަތީގައި ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ޕޮލިސް

ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭން ދިޔަ ސައިކަލެއް ޖެހި މިއަދު އިރުއޮއްސެނިކޮށް ހިނގި އެކްސިޑެންޓެއްގައި، މީހަކާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެ އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި މިއަދު 17:53 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި އެ އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން މީހާއަށާއި ހަ އަހަރުގެ ފިރިހެން ކުޑަކުއްޖަކަށެވެ.

ކުޑަކުއްޖާއަށް ފަރުވާ ދެމުން ދަނީ ޓްރީޓޮޕްގަ އެވެ. ދުއްވަން އިން މީހާއަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance