ޚަބަރު

ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ވެސް ކަރެކްޝަނަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހުޅުމާލެ ޖަލު - ފޮޓޯ: ރާއްޖެ އެމްވީ

ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ވެސް ކަރެކްޝަންސްއަށް ދިނުމަށް ނިންމައިފި އެވެ.

Ads by MPL

ކަރެކްޝަންސް ހިންގަވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި އެ ގޮތަށް މާލެ ސިޓީ ކައުންސިލާއި ހުޅުމާލޭ ބަލަހައްޓަމުންދާ ކުންފުނި އެޗްޑީސީއާއެކު ވަނީ އެއްބަސްވެފަ އެވެ.

ހުޅުމާލެ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްއަށް ދޭނީ، ސަރުކާރުން އަޅަން ނިންމާފައިވާ މައި ސެންޓްރަލް ޖަލުގެ މަސައްކަތް ނިމެންދެނެވެ.

"ރައީސުލްޖުމްހޫރިއްޔާ [ޑރ. މުހައްމަދު މުއިއްޒު] ގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން،" އިހުސާން ލިޔުއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!