އެޗްޑީސީގެ ނަމުގައި ވައިބާއިން ސްކޭމް ކޯލުތަކެއް ކުރަނީ، ސަމާލުވޭ!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ވައިބާއިން ސްކޭމް ކޯލުތަކާއި މެސެޖުތައް ކުރާތީ ސަމާލުވުމަށް ފުލުހުން މިއަދު އިސްތިމާސްކޮށްފި އެވެ.
މި ކަން ސަމާލު ކަމަށް ގެނައީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ފޭސްބުކް ޕޭޖުންނެވެ.
އެ ޕޭޖުން ކުރި ޕޯސްޓުން އެނގުނު ގޮތުގައި މި ސްކޭމް ކޯލުތައް ކުރުމަށާއި މެސެޖު ކުރަމުން ދަނީ 7933128، އަދި 7956509 އިންނެވެ. އެކައުންޓްގައި ޖަހާފައިވަނީ ވެސް އެޗްޑީސީގެ ނަމެވެ.
ފުލުހުން ބުނީ ވައިބާ އެކައުންޓުތައް މެދުވެރިކޮށް އެޗްޑީސީ އިން ރައްޔިތުންނާ މުއާމަލާތް ނުކުރާނެ ކަމަށެވެ. އަދި ޖީމެއިލް ލޮގްއިން، ވެރިފިކޭޝަން އަދި މީހުންގެ ޒާތީ އެކައުންޓުތަކުގެ އެކްސެސް ހޯދަން އެޗްޑީސީ އިން ނޭދޭނެ ކަން ވެސް ފުލުުހުން ފާހަގަ ކުރި އެވެ.

Ads by Allied Insurance