ޚަބަރު

ޖަނާޒާއެއްގައި ހުންނަވަނިކޮށް މެންބަރު ޒިޔާދު އަށް ހަމަލާދީފި

. ، ދެން އޮންލައިން
މެންބަރު ހުސައިން ޒިޔާދު އެމްޑީޕީގެ ޖަލްސާއެއް ގައި ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ހަމަލާ ދީފި އެވެ.

Ads by STELCO

މަޖިލީހުގެ އެމްޑީޕީގެ މެންބަރަކު "ދެން" އަށް ވިދާޅުވީ ފިއްޓޭ ހަމަލާދީފައިވަނީ އިއްޔެ ހަވީރު އާސަހަރާގައި ޖަނާޒާއަކަށް ވަޑައިގެން ހުންނަވަނިކޮށް ކަމަށެވެ.

އަދި ހަމަލާދިނީ ދޮށީ އުމުރުގެ މީހެއް ކަމަށްވެސް އެ މެންބަރު ވިދާޅުވި އެވެ.

"މިހަކު ގޮސް ފިއްޓެ ގައިގައި އުޅަބޮށިން ޖެހީ، ފުއްޕާފައި ނޫޅެވޭނެ ކަމަށް ބުނެ އިންޒާރު ދިން" އެ މެންބަރު ވިދާޅުވި އެވެ.

އެ މީހާއަކީ އާއްމުކޮށްވެސް ރުޅިގަދަ މީހެއް ކަމަށް ބުނާތީ އެ މައްސަލަ ފުލުހަށް ހުށަހަަޅަން ބޭނުންނުވާ ކަމަށާއި، އަދި އާއިލާއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށް މައުލޫމާތު ދިން މެންބަރު ވިދާޅުވި އެވެ.

Ads by Ooredoo