Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިންޑިއާއިން ނާދެވިފައި ތިބި 188 ދިވެހީން ރާއްޖެ ގެނެސްފި

އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެން އެގައުމުން ނާދެވިފައި ތިބި 188 ދިވެހީން މިރޭ، މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، އެ ފްލައިޓުން އިންޑިއާގެ ކޮޗިން އިން ނާދެވިފައި ތިބި 188 ދިވެހީން ގެނެސްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ، ރާއްޖެ އަންނަން ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން ނާދެވުނު 117 މީހަކާއި ބޭސް ފަރުވާއަށް އެ ގައުމަށް ގޮސް ތިބި 71 ދިވެހީން ކަމަށެވެ.

މީގެ ކުރިން ވެސް ކޮޅުނބުން ނާދެވިފައިތިބި 100 މީހުން ސަރުކާރުން ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މެލޭޝިއާއިން ނާދެވިފައިވާ މީހުން ގެނައުމަށް މާދަމައަށް ފްލައިޓެއް ޝެޑިއުލްކޮށްފައި ވެއެވެ. މަބްރޫކު ވިދާޅުވީ، އަދިވެސް އެކި ގައުމުތަކުގައި ތިބި ދިވެހީން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް