އެމްއައިއެފްސީ ވެގެންދަނީ 2040އަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ލިބޭ ބާރަކަށް: ރައީސް

ރާއްޖޭގައި އަޅާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރު(އެމްއައިއެފްސީ)އާއެކު 2040 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް ބާރަކަަށް ވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރު އެޅުމުގެ އެއްބަސްވުގައި މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި އަޅާ އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރަކީ ރާއްޖޭއިން ދެކެން ބޭނުންވާ ކުރިމަގު ރަމްޒުކޮށްދޭ ތަނެއް ކަމަށެވެ.
އެގޮތުން ދެކެން ބޭނުންވަނީ ރާއްޖެއަކީ ހަމައެކަނި ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންއެއްގެ ގޮތުގައި ނޫން ކަމަށާިއ އަދި އޭގެ ބަދަލުގައި މުޅި ދުނިޔެވެސް ބަދަލުކޮށްލާނެ ގައުމެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ވިދާޅުވީ ބޭނުންވަނީ ކުރީގެ މޮޑެލްތަކަށް ބަލައިގެން ކުރިއަށް ދިއުން ނޫން ކަމަށާއި ބޭނުންވަނީ މުޅިން އާ ހަރުފަތަކަށް ރާއްޖެ ދިއުމަށް ކަމަށެވެ.
އެގޮތުން އާ ފައިނޭންޝިއިލް އިކޯ ސިސްޓަމްއަކާއެކު އެ ސެންޓަރު ވެގެންދާނީ ޑިޖިޓަލްކޮށް ދެހެހެއްޓެނި ގޮތަކަށް ހިންގާން ސެންޓަރަކަށް ކަމަށް ރައީސް ވިދާޅުވި އެވެ،
"އަދި އެއާއެކު އެތައް ބިލިއަން ޑޮލަރުގެ އާމްދަނީ ލިބި ދުރު މުސްތަގުބަލުގައި ޖީޑީޕީއަށް ވެސް އިތުރުވެ ކޮމިއުނިޓީތަކާއި އިންޑަސްޓްރީތައް ކުރިއަރައިދިއުމަށް ބޮޑު ބާރަކަށް ވެގެންދާނެ: ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސެންޓަރާއެކު ތަރައްގީވެފައިވާ ގައުމަކަށް 2040 ގައި ރާއްޖެ ވުމަށް ބާރަކަށް ވެސް ވެގެންދާނެ ކަމަށެވެ.