ޚަބަރު

ރިސޯޓަކުން އަލިފުއްޓަށް ދިޔަ ފަސް މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން، ރ. އަލިފުއްޓަށް ދިޔަ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓުން އަލިފުއްޓަށް ދިޔަ ފަސް މީހުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުންނަކީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ރަށައް ދިޔަ ބައެއް ކަމަށާ އެމީހުން މިރޭ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މި ފަސް މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ. މި މީހުން ރިސޯޓުން ފައިބާ، މީހުން އުޅޭ ރަށަކަށް ގޮސްފައިވާ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރިސޯޓްތަކުން އެހެން ރަށްތަކަށް ދަތުރުކުރުމާއި، އަދި އެހެން ރަށްރަށުން ރިސޯޓްތަކަށް ދިއުން ވަނީ މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!