ޚަބަރު

ދިވެހިން ބަލައި މެލޭޝިއާއަށް ދާ މޯލްޑިވިއަންގެ ފްލައިޓުގެ ހުރިހާ ޖާގައެއް ފުލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މެލޭޝިއާގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަނުން ބާއްވާ ފްލައިޓުގެ ޖާގަތައް ފުލް ވެފައިވާ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

Ads by Sosun Fihaara

މޯލްޑިވިއަނުން ބުނީ ފްލައިޓުގެ ޖާގަ ފުލް ވުމާއި ގުޅިގެން މިހާރު ބުކިން ހެއްދުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އިތުރު ފްލައިޓެއް މެލޭޝިއާ އަށް ދާނަމަ އެކަން އަންގާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައިވަނީ މި މަހުގެ އައް ވަަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު ހައެއް ޖަހާއިރު ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

އަދި އެ ފްލައިޓުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ގާތްގަޑަކަށް 400 އެމެރިކާ ޑޮލަރަށް ކަމަށް މެލޭޝީއާގައި ހުން ދިވެހި ހައި ކޮމިޝަނުން ވަނީ ބުނެފައިވެއެވެ.

މޯލްޑިވިއަނުން މިހާތަނަށް ވަނީ ސްރީލަންކާގައި ތިބި ބައެއް ދިވެހިންނާއި އިންޑިއާގައި ތިބި ދިވެހިންތަކެއް ހާއްސަ ފްލައިޓުތަކެއްގައި ރާއްޖެ ގެނެސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!