ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު ހައްގު، މި ބަލިން ދުނިޔެ ސަލާމަތްވޭތޯ ދުއާކުރަން: ރައީސް
ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ އެންމެހާ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ޝުކުރު ހައްގު ކަމަށާއި މި ބަލިން މުޅި ދުނިޔެ ސަލާމަތްވޭތޯ ދުއާ ކުރާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއް ވިދާޅުވީ މިއަދު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު، މިހާރު މުޅި ދުނިޔެވެސް ދެކެމުން މި އަންނަނީ ފަހުގެ ތާރީހެއްގައި އިންސާނުންނަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ އެއް ކާރިސާ ކަމަށެވެ.
އަދި މިއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަމާއި މަސައްކަތަށް ކުރާ ގަދަރު ހާމައަށް ފެންނަން އޮތް ދަނޑިވަޅެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު އެ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ވަރަށް އަވަހަށް ކޮވިޑް19 އިން މުޅި ދުނިޔެ ސަލާމަތްވޭތޯ ދުއާކުރަން،" ރައީސް ވިދާޅުވި އެވެ.
This #WorldHealthDay coincides with the most severe global health crisis of our generation, at a time when the bravery and dedication of our doctors, nurses and healthcare professionals are on full display. I thank them and pray that the world is soon made safe from COVID-19.
— Ibrahim Mohamed Solih (@ibusolih) April 7, 2020
މިހާތަނަށް 1,348,203 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މި ބަލީގައި 74,795 މީޙުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން 16,523 މީހުންމަރުވެފައި ވަނީ އިޓަލީންނެވެ.