Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މޫދަށް ފުންމާލި އިމާމު އަދިވެސް ނުފެނޭ

ރޭ މޫދަށް ފުންމާލި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މިސްކިތު އިމާމު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފުން ރޭ ބުނީ ގެއްލިގެން ހޯދަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ އަކީ އެ ރިސޯޓުގެ މިސްކިތުގެ އިމާމު ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެންނަ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރެއިން ފެށިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އަންނަނީ އެ ސަރަހައްދު ބަލަމުންނެވެ. އަދި މިހާރު އެ ސަރަހައްދުގައި ސްނޯކަލް ކުރަން ފަށާފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާ ކާމަށާއި މިއަދު ހެނދުނު އެމީހާ ހޯދުމަށް ކަނޑުގެ ސާފަސް ބަލަން އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އަދި މިހާތަނަށް 120،000 ސްކެއާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، މުދިމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް