ޚަބަރު

ތިނަދޫ އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ހާކު ގޯސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަންހެން މީހާގެ ހާލު ގޯސް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

Ads by STELCO

އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 27ގަ އެވެ. ކާރަކާއި ސައިކަލެއް ޖެހިގެނެވެ. އަނިޔާވީ ސައިކަލު ދުއްވަން އިން 31 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ހަމަ އެ ދުވަހުގެ ރޭ އޭނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެ އެވެ.

ފުލުހުން ދެންމެ ބުނި ގޮތުގައި އަންހެން މީހާގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، އިންފެކްޝަން އުފެދިގެން އިތުރަށް ހާލު ވަނީ ގޯސް ވެފަ އެވެ.

ކާރު ދުއްވަން އިން މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

Ads by Ooredoo