Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބޭރުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން 3 މިލިއަން ރުފިޔާ ހަރަދުކޮށްފި

ރާއްޖެއިން ބޭރުގައި ތިބި މީހުންގެ ތެރެއިން ކޮވިޑް-19އާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ޒަކާތު ފަންޑުން ތިން މިލިއަން ރުފިޔާ މިހާތަނަށް ހަަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

އްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރަށް ގޮސް ތިބި މީހުންގެ ތެރެއިން ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީވުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް، ވަރަށް ބައިވަރު ފައިސާތަކެއް ހަރަދުކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހިފައިވާ މީހުނަށް ކޮންމެ ވެސް ސަޕޯޓެއްގެ ދިނުމުގެ ގޮތުން، ޒަކާތު ފައިސާ އިން ތިން މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކޮށްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ޒަކާތު ފަންޑުން ހަރަދުކުރަނީ، ޒަކާތު ފަންޑާ ގުޅޭ ކޮމިޓީ އާއި ޒަކާތު ފަންޑު އެޑްވައިޒަރީ ބޯޑުން ހުއްދަދޭ ކަންތައްތައް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ. އެ ދެ ކޮމިޓީގައި ވެސް ދީނީ އިލްމުވެރިން ހިމެނެ އެވެ. އެގޮތުން ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރަން ކަނޑައަޅާފައިވާ އަށް ކަމުގެ ބޭރުން ކަންކަމަށް، ނުވަތަ ޝައްކު ކުރެވޭ ކަންތައްތަކަށް ހަރަދު ކުރަނީ އެ އިލްމުވެރިން އެއްބަސްވުމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް