ޚަބަރު

ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އައިސީޔޫގައި ފަރުވާދެނީ

. ، ދެން އޮންލައިން

ސިނަމާލެ ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ ހޮނިހިރު ދުވަހު 19:08 ބްރިޖުން ހުޅުމާލެއަށްދާ ލޭންގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވި ކަމަށެވެ. އޭގެ ތެރެއިން ދިވެހި ދެ އަންހެނުންނާއި ފިރިހެނަކު ހިމެނެ އެވެ.

އެތަނުން އެއް އަންހެނަކު ފިޔަވާ އެންމެންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަންހެން މީހާއަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެ މައްސަލައާ ގުޅިގެން އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާ އަށް އިއްޔެއާ ހަމަޔަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުން އައިސީޔޫގައި ފަރުވާދެމުން ދަނީ ފިޓްނަސް އިންފްލުއެންސާ އައިޝަތު ޝަޒީއަށެވެ.

ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.