ނަޑެއްލާ އިން ގެއްލުނު މީހާ ފެނުނީ ފަޅު ރަށަކުން

ގދ. ނަޑެއްލާއިން ގެއްލިގެން ހޯދީ މިހާ ފަޅުރަށަކުން ފެނިއްޖެ އެވެ.
ފުލުހުން "އެކްސް' ގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ ހޯދަމުންދިޔަ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34އ) ފެނިފައިވާ ކަމަށެވެ.
އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން. ހާލު ރަނގަޅު
ފުލުހުން ބުނީ އިއްޔެ މެންދުރު 14:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި ''އިތުބާރު'' ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

Ads by HDC