ދުނިޔެ

އިނގިރޭސިވިލާތުގައި 24 ގަޑިއިރު ތެރޭ އެންމެ ގިނަ މީހުން މަރުވީ މިއަދު

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި އެއްދުވަސް ތެރޭގައި ކޯވިޑް 19 ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިއަދު އެވެ. އެގޮތުން މިއަދު ވަނީ އެގައުމުން ކޯވިޑް 19 ޖެހުނު 854 މީހުން މަރުވެފައެވެ. މިއަދުގެ އަދަދު ތަކާއި އެކު ބަލި ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ ޖުމްލަ ވަނީ 6227 އަށް އަރާފައެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުން ކޯވިޑް 19 ޖެހިގެން މަރުވި މީހުންގެ ތެރޭގައި، އެއްވެސް ދާއިމީ ބޮޑު ބައްޔެއް ނެތް، ކޯވިޑް ޖެހުމުގެ ކުރިން ރަނގަޅު ސިއްހަތެއްގައި ހުރި އުމުރުން 23 އަހަރުގެ ޒުވާނެއްވެސް ހިމެނެއެވެ.

ސިއްހީ ތަޖްރިބާކާރުން ވަނީ މުޅި ޖުމްލަ ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް 19 ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެގޮތުން މިއަދު މަރުވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ހޮސްޕިލުތަކުގައި ފަރުވާ ދެމުންދިޔަ 758 މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ވޭލްސް ،ސްކޮޓްލެންޑް އަދި އުތުރު އަޔަލެންޑަށް ނިސްބަތްވާ 96 މީހުން ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯސަން ވެސް ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ވަނީ ގޭގައި އައިސޮލޭޝަންގައި ހުރުމަށްފަހު އިތުރުފަރުވާ އަށް ހޮސްޕިޓަލުގައި އެޑްމިޓް ވެފައެވެ. ބޮޑުވަޒީރު ޖޯސަން އަށް ފަރުވާ ދެމުން ދަނީ ލަންޑަންގެ އެސްޓީ ތޯމަސް ހޮަސްޕިޓަލުގައެވެ. ބޮޑުވަޒީރުގެ ތަރުޖަމާނު ބުނީ އޭނާގެ ހާލު ދަނީ ރަނގަޅު ވަމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!