ވިޔަފާރި

މުދާ ޖެޓީގައި އަޅާފައި އޮތް އުޅަނދުތައް އެހެން ސަރަހައްދެއްގައި ބޭއްވޭނެ ގޮތް ހަމަޖައްސައިދީފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެޗްޑީސީން އޮޑިވެރިންނާއެކު ބޭއްވި މަޝްވަރާތަކުގެ ތެރެއިން

ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުގައި އަޅާފައި އޮތް އުޅަނދުތައް އެހެން ސަރަހައްދެއްގައި ބޭއްވޭނެ ގޮތް އެޗްޑީސީން ހަދައިފި އެވެ.

Ads by MPL

ހުޅުމާލެ މުދާ ޖެޓީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ފަށާތީ އެ އުޅަނދުތައް ނަގަން އެޗްޑީސީން ކުރިން މުހުލަތެއް ވެސް ދިނެވެ.

ނަމަވެސް އެ މުއްދަތަށް ފަހު ވެސް ބައެއް އުޅަނދުތައް ނުނަގާ ކަމަށާއި އަދި ބައެއް އޮޑިވެރިން އެކަމުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރުމުން ވަގުތުން އެ މައްސަލައަށް ހައްލު ހޯދައިދިންކަމަށް އެޗްޑީސީން ބުންޏެވެ.

އެގޮތުން ބައެއް އޮޑިވެރިން އޮޑިވެރިންނާ މަޝްވަރާކުރުމަށްފަހު، މުދާ ޖެޓީ ސަރަހައްދުގައި އޮތް އުޅަނދުތައް ވަގުތީ ގޮތުން އެހެން ސަރަހައްދެއްގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

"އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކަށް ހައްލު ހޯދައިދިނުމަށެވެ." އެޗްޑީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

Ads by Allied Insurance