ޚަބަރު

ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެންނަ މޯލްޑިވިއަންގެ ފްލައިޓު މި މަހުގެ 11 ވަނަ ދުވަހު

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ޓްރިވެންޑްރަމްގައި ތިބި ދިވެހިން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ ހޮނިހިރު ދުވަހު ދަތުރެއް ކުރުމަށް ނިންމައިފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވިއަންގެ މެނޭޖަރ ޕީއާރް އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް ވިދާޅުވީ މި ފްލައިޓުން ރާއްޖެ އަންނާނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓެއްގައި އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައިވަނިކޮށް ފްލައިޓު ކެންސަލްވުމާ ގުޅިގެން އެ ތަނުގައި ތާށިވެފައި ތިބި މީހުންނާއި އަދި އާސަންދައިގެ ދަށުން ބޭސްފަރުވާ އަށް ޓްރިވެންޑްރަމަށް ގޮސްފައިވާ މީހުން ކަމަށެވެ.

ޓްރިވެންޑްރަމަށް މޯލްޑިވިއަން އިން ކުރާ ދަތުރުގެ ޓިކެޓުގެ އަގަކީ 199 ޑޮލަރު ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މިހާތަނަށް ވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި އިންޑިއާގެ ކޮޗިން އިން ދިވެހިންތަކެއް ރާއްޖެ ގެނެސްދީފައެވެ. އަދި މާދަމާގެ ވަގުތެއްގައި މެލޭޝިއާ އިން ވެސް ދިވެހިންތަކެއް މޯލްޑިވިއަން އިން އަނބުރާ ރާއްޖެ ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖެ އަންނަ ހުރިހާ ދިވެހިން ވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފެސިލިޓީގައި ތިބެން ޖެހޭނެއެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑަށް ޓެސްޓު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!