ޚަބަރު

ޝަމްއާންގެ މައްޗަށް މަނީލޯންޑަރިންނާއި ފޭރުމުގެ ދައުވާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
"ދެން" ގެ ހަވާސާއިން ބޭރު ޕްރޮގްރާމްގައި ޝަމްއާން ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

އިމިގްރޭޝަނުގެ ބަންދަށް ގެންދިޔަ ބިދޭސީއެއްގޭ އަތުން ރިޝްވަތު ނެގި ކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލައިފި އެވެ.

Ads by MPL

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި ޝަމްއާންގެ މައްޗަށް އުފުލި ދައުވާތަކަކީ:

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 1  އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • މަނީ ލޯންޑްރިންގގެ ދައުވާ: އަސާސީ އަދަބަކީ 1 ލައްކަ ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ލޯންޑާކުރި ފައިސާގެ ޢަދަދުގެ 5 ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

ޝަމްއާންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ޕީޖީ އޮފީހުން އެދިފައިވަނީ އޭނާއަށް ލިބުނު ކަމަށް ތުހުމަތުކުރާ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ 250،000ރ ދައުލަތަށް ނަގައިދިނުމަށެވެ.

އޭނާ އަތުގައި ބެހެއްޓި ޖުމްލަ 400،000ރ. ގެ ބާކީއަށްވާ 150،000ރ. ގެ ބަދަލުގައި މީނާގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ފައިސާތަކުގެ ތެރެއިން އެ އަދަދަށްވާ ފައިސާ ވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައިވެ އެވެ.

ޝަމްއާންގެ އިތުރުން ވެސް ހަތަރު މީހުންގެ މައްޗަށް ވެސް މި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވެ އެވެ.

1 - ގ.ހެޕީ ސައިޑް، އިބްރާހީމް އަހުމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ފޭރުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން: އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ: އަސާސީ އަދަބަކީ -/50،000 ރުފިޔާއާއި -/500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު 2 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ލޯންޑާކުރި ފައިސާގެ އަދަދުގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 2 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

2 - ތ.ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ: އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

3 - ގ.ހެޕީސައިޑް، ޙަސަން ސެހެޝާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

4 - މ.ހަޒާރީވިލާ، އަޙްމަދު ލައްސާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް:

  • ފޭރުމުގެ ކުށުގެ ދައުވާ: 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން

Ads by HDC