ޚަބަރު

ކޮވިޑް-19 އަށް ފައްސިވި މީހާ ރާއްޖެއިން ފުރި އިރު އަލާމާތެއް ނެތް: ސަރުކާރު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ދެ ރިސޯޓެއްގައި މަސައްކަތް ކުރުމަށްފަހު ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވި މީހާ، ފުރައިގެން ދިޔަ އިރުވެސް އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

ޖޯލި މޯލްޑިވްސް ރިސޯޓާއި ބޮޑުފުށި ރިސޯޓުގައި މަސައްކަތް ކުރި އެ މީހާ ފުރައިގެން ދިޔަ ފަހުން ކޮވިޑް-19 އަށް ފައްސިވި ކަން އެންގުމާ އެކު އެ ދެ ރަށް ވަނީ ބަންދުކޮށްފަ އެވެ. މި މީހާ ރާއްޖެއިން ފުރީ މިދިޔަ މަހުގެ 31 ގަ އެވެ. އޭނާ ފައްސިވިކަން ރާއްޖެ އަށް އެންގީ އިއްޔެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާ ފުރިއިރު ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށާއި އެހެން ނޫން ނަމަ އެ މީހާއަކަށް ނުފުރުނީސް ކަމަށެވެ. އެ ބިދޭސީމީހާއަކީ ރާއްޖޭގައި މިދިޔަ އަހަރުން ފެށިގެން ރިސޯޓެއްގައި ވަޒީފާއަދާކުރަން އުޅުނު މީހެކެވެ.

ދެ ރަށް ބަންދުކޮށް، އޭނާއާ ދިމާވި އެންމެ ދެނެގަތުމަށް މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ. އެ ދެ ރަށަށް ދިޔައީ، އާއްމުކޮށް ކޮންޓެކްޓް ޓްރޭސިން އަށް ދާ ވަރަށް ވުރެން ބޮޑު ޓީމެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!