ޚަބަރު

ބޭނުންވަނީ ފައިނޭންޝިއަލް ކެޕިޓަލްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހުކުރުން

ބޭނުންވަނީ ފައިނޭންޝިއަލް ކެޕިޓަލްއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އާ މާސްޓަޕްލޭންއާއެކު ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ބައްޓަން ކުރުމަށް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

އަދި އެއާއެކު ފައިނޭންޝަލް ކެޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަން ވަރަށް ބޮޑަށް ބޭނުންވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މާލޭގައި ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް ސީޓު ގާއިމުވެފައިވާ ގޮތަށް، އެއަށް ކޮމްޕްލިމެންޓް ކުރަން، ފައިނޭންޝަލް ސީޓަކީ ހުޅުމާލެ ކަމުގައި ހެދުމަކީ، އަޅުގަނޑު އެންމެ ބޭނުންވާ، ގުޅިލާމެހިފައިވާ ދެމެހެއްޓެނިވި ތަރައްގީއަކީ." ރައީސް ވިދާޅުވި އެވެ.

އަދި މި މަހުގެ ކުރީކޮޅު އިފްތިތާހު ކުރި ފައިނޭންޝިއަލް ސެންޓަރުގެ މަޝްރޫއަކީ އެކަން ހަގީގަތަކަށް ހެދުމުގައި، ޓްރާންސްފޮރމޭޓިވް ބަދަލެއް އިރާދަކުރެއްވިއްޔާ އަންނާނެ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމާއެކީ، ތިން ފިޔަވަހި އެކުގައި މި ތަން ތަރައްޤީވެގެންދާނެ ގޮތަށް، ދެންމެ އިފްތިތާޙު ކުރެވުނު ޕްލޭނާ އެއްގޮތަށް، ކަންކަން ދާން އެއީ، އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުންވެސް ބޭނުންވާނެ ގޮތް." ރައީސް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!