ޚަބަރު

އެޗްޑީސީގެ ޗެއާމަންއަކަށް ޝަހީރު, އެމްއޭސީއެލްގެ ޗެއާމަންއަކަށް ނޫރައިން

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނޫރައިން އަދި ޝަހީރު

އެޗްޑީސީގެ ޗެއާމަންގެ މަގާމަށާއި އެމްއޭސީއެލްހެ ޗެއާމަންގެ މަގާމަށް މިއަދި ބޭފުޅުން އައްޔަނުކޮށްފި އެވެ.

Ads by MPL

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަންއިން މިއަދު އެކްސްގައި ބުނީ އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު ހަމަޖައްސައިފައިވާ ކަމަށެވެ. އަދި އެމްއޭސީއެލްހެ ޗެއާމަންވެ މަގާމަށް އައިޝާ ނޫރައިން ޖަނާހު އައްޔަނުކޮށްފައިވާ ކަމަށެވެ.

ނޫރައިން ކުރިން އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގާމުވެސް ފުރުއްވާފައިވާއިރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރު މޭ މަހު އެވެ.

ޝަހީރު ކުރިން ވަނީ ފެނަކައިގެ ޗެއާމަންގެ މަގާމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!