ޚަބަރު

ގުޅިފަޅުގެ ލޭންޑް ޕްލޭން އަނެއްކާ ބަދަލުކޮށް މާދަމާ ގޯތި ދޫކުރަން ގުރުއަތު ލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ގުޅިފަޅު / ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ

އެމްޑީޕީގެ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށް މި މަހުގެ 15 ވަނަ ދުވަހު ނެރުނު ލޭންޑް ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލެއް ގެނެސް މާދަމާ ގޯތި ދޫކުރުމުގެ ގުރުލުން ނަގަން ހަމަޖައްސައިފި އެވެ.

Ads by MPL

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވީ ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް ފަހުން ބަދަލެއް ގެނައީ ގުޅިފަޅުން ގޯތި ލިބުނު މީހުން ތަމްސީލްކުރާ ޔުނިއަންއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި އޭރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިން ކަނޑައި ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފައިވެ އެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު 1،347 ފަރާތެއްގެ ގޯތި ގުޅިފަޅަށް ބަދަލުކޮށްދޭން މި ސަރުކާރުން ނިންމި އެވެ.

Ads by HDC