ދުނިޔެ

80 އިންސައްތަ މީހުންނަށް ވައިރަސް ޖެހިފައިވަނީ ވައިރަހުގެ އަލާމާތް ނުފެންނަ މީހުންގެ ކިބައިން

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ޖެހުނު 80 އިންސައްތަ މީހުންނަށް ބަލި ޖެހިފައިވަނީ، ވައިރަސް ގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންގެ ގައިން ކަމުގައި ޗައިނާގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ. ޝަންހާއި ޖިއާ ޓޮންގ ޔުނިވާސިޓީ އޮފް މެޑިސިން އިން ވަނީ މި ދިރާސާގެ ޒަރިއާއިން މީހާގެ ހަށިގަނޑަށް ވައިރަހުގެ އަސަރު ކުރުމަށް ނަގާ މުއްދަތު ދެނެގަތުމުގެ މަސައްކަތްކޮށްފައެވެ.

Ads by WAMCO

މެތަމެޓިކަލް މޮޑެލިން ބޭނުންކޮށްގެން އެ ޓީމުން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި 79.7 އިންސައްތަ މީހުނަށް ބަލި ޖެހިފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ބަލި ހުރި މީހެއްގެ ފަރާތުންނެވެ. ބަލި އެހާ ހަލުވިކަމާއެކު ފެތުރުމުގެ ފަހަތުގައި މިއީ އޮވެދާނެ ސަބަބެއްކަމުގައި ދިރާސާކުރި ފަރާތްތަކުން ގަބޫލުކުރެއެެވެ.

މީގެ އިތުރުން ވެސް ދިރާސާއިން ދެއްކި ގޮތުގައި ވައިރަހުގެ އަލާމާތް ފެނުމުގެ ކުރިން ބަލި އެހެން މީހުންގެ ގަޔަށް ފެތުރުމުގައި އެވްރެޖުކޮށް 3.8 ދުވަސް ހޭދަވެއެވެ.

ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ސައިންޓިސްޓެއް ކަމަށްވާ ވިއުޓޯ ޒެންގ ބުނި ގޮތުގައި ވައިރަސް ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ސެލްފް އައިސޮލޭޝަން އިން އެކަނި ނުފުދެއެވެ. އަދި އޭގެ އިތުރުން ގިނަގިނައިން ވައިރަސް ޓެސްޓުކޮށް ޓްރޭސް ކުރުމަކީ ވެސް މުހިންމު ކަމެއް ކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިން ދިރާސާތަކުން ދައްކާފައިވަނީ އަލާމާތްތައް ފެނުމުގެ ކުރިން ވައިރަސް ފެތުރުމަށް އެވްރެޖުކޮށް ހޭދަވަނީ 2.8 ދުވަސް ކަމުގައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ އަސަރު ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ކޮށްފައިވާއިރު މިހާތަނަށް 1,425,716 ވުރެ ގިނަ މީހުނަށް ވަނީ ވައިރަސް ޖެހިފައެވެ. އަދި ބަލި ޖެހިގެން 81,968 މީހުން ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!