ޚަބަރު

ލޯންޗަކާއި ޓަގެއް ޖެހި، ލޯންޗުގެ ކައްޕިއަށް އަނިޔާވެއްޖެ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ލޯންޗަކާއި ޓަގެއް ޖެހި އެކްސިޑެންޓެއް ހިނގައި ލޯންޗުގެ ކައްޕިއަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

Ads by STELCO

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 3:30 ހާއިރެވެ. އެއީ މާލޭން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި މާލޭ އެމްޕީއެލް ޖެޓީއަށް ވަންނަން ދިޔަ ޓަގެއް ޖެހިގެނެވެ.

މި އެކްސިޑެންޓްގައި އިތުރު މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ މެރިން ޕޮލިސް އިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން  ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!