ޚަބަރު

ދިވެހި ހައްޖުވެރިންގެ ހާލު ރަނގަޅު: ހައްޖު މިޝަން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ދިވެހި ހައްޖުވެރިން ސައުދީގައި - ފޮޓޯ: ހައްޖު މިޝަން

ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ހައްޖުވެރިންގެ މިހާރު ވަނީ މައްކާއަށް ގޮސްފައިވާ ކަމަށާއި އެ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމަށް ހައްޖު މިޝަން އިން މިއަދު ބުނެފި އެވެ.

Ads by STELCO

ހައްޖު މިޝަނުން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ހައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދިޔައިރު މި ކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކޮށްފައިވާ ކަމަށެވެ.

ހައްޖުވެރިން މަޝާއިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާ ކަމަށް ހައްޖު މިޝަނުން ބުންޏެވެ. ހައްޖުވެރިންނާ ގުޅޭ ކަންކަން ސައުދީ ސަރުކާރާ ގުޅިގެން ދިވެހި ހައްޖު މިޝަންއިން އަންނަނީ ކުރަމުންނެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.