ބޮޑު އީދުގައި 65 ރަށެއް ދިއްލާލަނީ

މިއަހަރުގެ ބޮޑު އީދުގައި 65 ރަށެއްގައި އީދު ލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، މިއަހަރުގެ ބޮޑު އީދުގައި، ކުޑަ އީދުގައި އީދު ލައިޓް ފޮނުވި 29 ރަށާއި 1446 ވަނަ އަހަރު އީދު ލައިޓް ފޮނުވި 36 ރަށުގައި، ޖުމްލަ 65 ރަށުގައި ޢީދުލައިޓް ދިއްލާނެކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން ދިއްލުމަށް ހަމަޖެހިފައިވަނީ
- ހއ. އިހަވަންދޫ
- ހއ. ހޯރަފުށި
- ހދ. ހަނިމާދޫ
- ހދ. ނޮޅިވަރަމް
- ށ. މިލަންދޫ
- ށ. ފޯކައިދޫ
- ނ. ވެލިދޫ
- ނ. ހޮޅުދޫ
- ރ. ދުވާފަރު
- ރ. އަލިފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ޅ. ހިންނަވަރު
- ޅ. ކުރެންދޫ
- ކ. ކާށިދޫ
- ކ. މާފުށި
- އއ. ތޮއްޑޫ
- އއ. އުކުޅަސް
- އދ. މާމިގިލި
- އދ. ދަނގެތި
- ވ. ކެޔޮދޫ
- ވ. ފުލިދޫ
- މ. މުލައް
- މ. ކޮޅުފުށި
- ފ. ބިލެއްދޫ
- ދ. މީދޫ
- ދ. މާއެނބޫދޫ
- ތ. ތިމަރަފުށި
- ތ. ވިލިފުށި
- ލ. ގަން
- ލ. މާވަށް
- ގއ. ދާންދޫ
- ގއ. ގެމަނަފުށި
- ގދ. ގައްދޫ
- ގދ. މަޑަވެލި
މި އަހަރުގެ ކުޑައީދަށް ބޮކި ދިއްލަން ދައުލަތުގެ ބަޖެޓުން 28 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.
ރާއްޖޭގެ ރަށްތަކުގައި އީދު ލައިޓްގެ މަޝްރޫއު އެންމެ ފުރަތަމަ ތައާރަފުކުރެވުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވިއިރު އެވެ. އެންމެ ފުރަތަމަ ފިޔަވަހީގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް ޒީނަތްތެރި ކުރެވުނު މި މަޝްރޫއު މިހާރު ވަނީ ރާއްޖޭގެ އެތައް ރަށަކަށް ފުޅާކޮށްފަ އެވެ.
