ޚަބަރު

މީޑިއާ ކައުންސިލްގެ އިންތިހާބު މި މަހު 21ގައި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކުރިން ބޭއްވި މީޑިއާ ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ

މޯލްޑިވްސް މީޑިއާ ކައުންސިލްގައި ހުސްވެފައިވާ މެންބަރުންގެ އިންތިހާބު މި މަހު 21ގައި ބޭއްވުމަށް ޔޫތު، އާޓްސް އެންޑް މީޑިއާ މިނިސްޓްރީން ނިންމައިފި އެވެ.

Ads by STELCO

މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ ދުވަހު ވޯޓުލުން ކުރިއަށް ގެންދާނީ ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ ޖިމްނޭޒިއަމް ރޫމުގަ އެވެ. ވޯޓުލުން ކުރިއަށްދާނީ އެއް ގަޑިއިރުގެ ވަގުތަކަށް، އެ ދުވަހުގެ ހެނދުނު 9 ޖަހާއިރުން ފެށިގެން 10 ޖަހަން ދެނެވެ.

މީޑިއާ ކައުންސިލްގައި ހުސްކޮށް އޮތީ ތިން މަގާމެވެ. އެއީ މީޑިއާތައް ތަމްސީލްކުރާ ދެ މަގާމަކާއި އާންމުން ތަމްސީލްކުރާ މެންބަރެއްގެ މަގާމެކެވެ.

މީޑިއާތައް ތަމްސީލްކުރާ ދެ މެންބަރުންގެ މަގާމަށް ތިން ނޫސްވެރިއަކު ކުރިމަތިލި އެވެ؛

  • މުހައްމަދު މުޒައްޔިން ނާޒިމް، ޗޮއިސް، ގއ. ވިލިނގިލި (ދައުރުގެ ސީނިއާ ރިޕޯޓަރެއް)
  • ލީވާން އަލީ ނަސީރު، ހާޒާރުމާގެ، ސ. ފޭދޫ (އަދަދުގެ ނޫސްވެރިއެއް)
  • މަރިޔަމް މިލްޒަމް މަސްއޫދު، ތްރީރޯޒް، ސ. މަރަދޫފޭދޫ (އެމްއެމްޓީވީގެ ނޫސްވެރިއެއް)

އާންމުން ތަމްސީލްކުރާ މެންބަރުގެ މަގާމަށް ހަ މީހަކު ކުރިމަތިލި އެވެ؛

  • ނަހުދާ އާދަމް، ލިލަކް، ހދ. ވައިކަރަދޫ
  • އަބްދުއްސަލާމް އާރިފް، އީޓުޖެހިގެ، ނ. މާފަރު
  • އާމިނަތު މުހައްމަދު، ގުލްފާމްގެ، ގއ. ދެއްވަދޫ
  • ޒީނިޔާ އަހުމަދު ހަމީދު، މ. ކްރިބީލޮޖް
  • ހައްވާ ވަޖުދާ، ތުނޑި ލިންކް، ލ. ގަން
  • މުހައްމަދު އަމީން އަލީ، ބޮންތި، ގއ. ގެމަނަފުށި

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!