މަރުވި މީހަކު ހޮސްޕިޓަލަށް ލާފައި ބަޔަކު ދިޔަ މައްސަލައެއް ބަލަނީ

މަރުވި މީހަކު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ލާފައި ބަޔަކު ދިޔަ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ބަޔަކު ގެނައި އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.
އެ މީހަކު ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނު 6 ޖަހާކަށް ހާއިރެވެ. ފުލުހަށް މައްސަލަ ރިޕޯޓް ކުރީ ހެނދުނު 8:30 ހާއިރެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

Ads by HDC