ޚަބަރު

ވެދާ ރާޑަރެއް އައްޑޫގައި ބަހައްޓަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
އައްޑޫ ހިތަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް / ފޮޓޯ:ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީގައި ވެދާ ރާޑަރު ސިސްޓަމެއް ބަހައްޓަން ނިންމާފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

Ads by STELCO

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫގައި ވެދާ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ވަރަށް އަވަހަށް ބެހެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު ރާޑަރު ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރު ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއް ކަމަށް ވިދާޅުވި އެވެ.

ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭ ކަން ފާހަގަކުރެއްވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ ޑޮޕްލާ ވެދާ ރާޑަރުގެ އެހީގައި ވާރޭ ވެހެމުންދާ ސަރަހައްދާއި، ވާރޭ ވެހެމުންދާ ބޯމިނާއި، ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި އަދި ބާރުމިން ފަދަ މައުލޫމާތުތައް ދެނެގަނެވި ވިލާގަނޑު ލައްވާލާނެ ސަރަހައްދު އަންދާޒާ ކުރެވޭ ވަގުތު ދެނެގަނެވޭ ކަމަށެވެ.

އަދި ހަމައެއާއެކު އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މަޢުލޫމާތު ވެސް ދެނެގަނެވޭ ކަން ފާހަގަކުރެއްވި އެވެ.

ޑޮޕްލާ ވެދާ ރާޑަރުގެ ސަބަބުން މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.

Ads by Allied Insurance