ޚަބަރު

ޝައިހު ފަރީދު އަވަހާރަވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޝައިހު ފަރީދު

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިބްރާހިމް ފަރީދު އަވަހާރަވެއްޖެ އެވެ.

Ads by MPL

ފަރީދުގެ ދަރިފުޅު މުހައްމަދު ފަރީދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ވަނީ ފަރީދު އަވަހާރަވިކަން ހާމަކޮށްފަ އެވެ.

"ދެން"އަށް އެެނގިފައިވާ ގޮތުން ފަރީދު އަވަހާރަވީ މެލޭޝިއާ އެއާޕޯޓެއްގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ހާލު ދެރަވެގެނެވެ.

ދީނީ ދަރުސްތައް ގިނަ ގިނައިން ދެއްވާ ފަރީދަކީ ދިވެހީންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރި އެކެވެ.

ފަރީދަކީ ވަރަށް ރީއްޗަށް ޤުރުއާން ވެސް ވިދާޅުވާ ބޭފުޅެކެވެ.

Ads by HDC