ދުނިޔެ

ކޮވިޑް19:ޕާކިސްތާނަށް ނިސްބަތްވާ އިނގެރޭސިވިލާތުގެ ޑޮކްޓަރެއް އަނެއްކާވެސް ނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނަށް ނިސްބަތްވާ އިނގެރޭސިވިލާތުގެ ޑޮކްޓަރެއްކަމަށްވާ ޑރ.ސައްޔިދު ޒީޝާން ޙައިދަރު ، ކޮވިޑް19 ޖެހިގެން ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އުމުރުން ދުވަސްވީ ޑރ.ހައިދަރު ނިޔާވީ މިދިޔަ ހޯމަ ދުވަހު ކުއީންސް ހޮސްޕިޓަލްގައެވެ. އޭނާ ނިޔާވުމުގެ ކުރިން ޕާކިސްތާނަށް ނިސްބަތްވާ އެހެން ޑޮކްޓަރެއްކަމަށްވާ ޑރ.ޙަބީބް ޒައިދީ ވެސް ވަނީ ކޮވިޑް19 ގެ ޝިކާރައަކަށްވެ މި ދުނިޔެ ދޫކޮށްފައެވެ.

ޑރ.ހައިދަރާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެމުން އޭނާގެ ދަރިފުޅު ޑރ.ކުމައިލް ބުނީ ބައްޕައަށް ކޮވިޑް19ގެ އަސަރުތައް ފެންނަން ފެށީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި ސަރުކާރުގެ އާންމު މިންގަނޑުތަކާއެއްގޮތަށް އެކަހެރިވި ކަމަށާއި އެހެން ނަމަވެސް ހާލު ދެރަވެ އެންމެ ފަހުން ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.

ޑރ.ކުމައިލް ބުނީ އޭނާގެ ބައްޕައަކީ އެހެން މީހުންނާއި މުޖުތަމަޢުގެ މަންފާއަށް މަސައްކަތް ކުރަމުން ގެންދިޔަ މީހެއް ކަމަށާއި އެގޮތުން ދުވަސްވީ އުމުރުގައި ވެސް ބައްޕަ ، ރިޓަޔާނުކޮށް ބެލީ އާންމުންނަށް ޚިދުމަތް ދެވޭތޯ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތްއިރު ވެސް ޑޮކްޓަރުންނާއި ނަރުހުންނަށް އަންގަމުން ދިޔައީ ބަލިޖެހިފައި ތިބި އެހެން މީހުންނަށް އިސްކަން ދިނުމަށް ކަމަށް ވެސް ޑރ.ކުމައިލް ބުންޏެވެ.

އިނގެރޭސިވިލާތުން މިހާތަނަށް 47 ހާހަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވެއެވެ. މީގެ ތެރެއިން ފަސްހާހެއްހައި މީހުން ވަނީ ދުނިޔެދޫކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!