ޚަބަރު

ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކޮށްފި

. ، ދެން އޮންލައިން

މި އަހަރުގެ އިންޓަނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކޮށްފި އެވެ.

Ads by STELCO

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ތާޖް ރިސޯޓުގައި ކަމަށެވެ.

އަދި އެ ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖޫން 21، 2021 ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު, އެ ތަނަށް ވަދެ, އެކަމާ ދެކޮޅަށް ބަޔަކު އަޑު އުފުލި އެވެ.

އެ މައްސަލާގައި ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާވެސް ކުރި އެވެ. އެކަމަކު މިިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.

Ads by Allied Insurance