133 މީހަކު ފުލުހަށް ވައްދައި، ފުލުހުންގެ ހުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުން 133 ފުލުހަކު ފުލުހުންގެ ހުވާކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަބްދުލް ނާސިރު ޝަފީގު އެވެ.
މިއަދު ހުވާކުރީ އަންހެން 34 ފުލުހުންނާއި 99 ފިރިހެން ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ
މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެލެއްވި އެވެ.

Ads by Allied Insurance