ޚަބަރު

މ. އަތޮޅުގެ ފަޅު ރަށެއް ކުއްޔަށް ދޫކުރަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މ. އަތޮޅު ކައުންސިލް އިދާރާ

މ. އަތޮޅުގެ ފަޅު ރަށެއް ކުއްޔަށް ދޫކުރަން ނިންމައިފި އެވެ.

Ads by STELCO

މ. އަތޮޅު ކައުންސިލްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ، ރާބަނދިހުރާ (ފެންބޯ ފިނޮޅު) ބެލެހެއްޓުމަށް ކުއްޔަށް ހިފުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެެވެ.

އެއީ ތިން ހެކްޓަރުގެ ރަށެކެވެ.

އެކަމުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ހަވަަނަ ދުވަހު ދުވަހުގެ 10:00 ގައި މ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.

އެ ބީލަމުގައި ބައިވެރިވުމަށް  1000 ރުފިޔާ ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭއިރު އެ ޕްރޮޖެކްޓަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށް ވެސް ކައުންސިލްއިން ބުންޏެެވެ.

Ads by HDC