ދުނިޔެ

ކޯވިޑް19 ފަތުރާނެކަމަށް ބުނި މީހަކު ޓެރަރިޒަމް ގެ ކުށުގައި ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ފަތުރާނެ ކަމަށް ބުނެ މީސް މީޑިއާގައި ވީޑިއޯ އާންމުކުރި މީހަކު އެމެރިކާގެ ޓެކްސަސް ގައި ހައްޔަރުކޮށްފިއެވެ.

Ads by WAMCO

18 އަހަރުގެ ލޮރެން މަރަޑިއާގާ ހައްޔަރުކޮށްފައިވަނީ ވައިރަހަށް ޕޮސިޓިވް ވި ކަމަށް ބުނެ އާންމުން ބޭނުން ކުރާ ސުޕަރމާކެޓަކަށް ގޮސް ވައިރަސް ފަތުރާނެ ކަމުގެ އިންޒާރުދީ ސްނެޕްޗެޓުގައި ވީޑިއޯ އާންމުކުރުމުންނެވެ.

މަރަޑިއާގާ ހައްޔަރުގައި ހުރިއިރު އޭނާ ގެ މައްޗަށް ޓެރަރިޒަމް ގެ ދައުވާ ވަނީ އުފުލާފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރުކުރުމުން މަރަޑިއާވަނީ އޭނާގެ ގައިގައި ވައިރަސް ނެތް ކަމަށް ބުނެފައެވެ. އަދި ފުލުހުންގެ އަތުގައި ވެސް އޭނާގެ ގައިގައި ވައިރަސް ހުރި ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މަރަޑިއާ ވަނީ އޭނާ ވައިރަހަށް ޓެސްޓުކުރާ މަންޒަރު ވެސް ސްނެޕްޗެޓުގައި ހިއްސާކޮށްފައެވެ. އަދި ސުޕަރމާރކެޓަށް ދަމުން އޭނާވަނީ އެހެން މީހުނަށް ބަލި ޖައްސާނެ ކަމުގައި ބުނެ ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައެވެ.

ފުލުހުން ވަނީ އޭނާ ހައްޔަރުކުރިކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން އިތުރަށް ބުނެފައިވާ ގޮތުގައި އެ އަންހެނާ އަކީ އާންމުންނަށް ހުރި ނުރައްކަލެއް ކަމުގައި ޔަގީން ނުވާ ކަމަށާއި ނަމަވެސް މި ދުވަސްކޮޅު މީސްމީޑިއާގައި ދައްކާ ވާހަކަތައް ވަރަށް ސީރިއަސްކޮށް ނަގަމުންދާ ކަމަށެވެ.

މަރަޑިއާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް 20،000 އެމެރިކާ ޑޮލަރު ބޭނުންވާނެއެވެ. އޭނާ މިނިވަން ވުމަށް ފަހުގައިވެސް ރައްކާތެރިކަމަށްޓަކައި 21 ދުވަހު އެކަހެރި ކުރުމަށްވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!