ޚަބަރު

ސަލްމާ ސުވިޒަލެންޑް ސަފީރުކަމުގެ ފަތްކޮޅު އަރައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަލްމާ ސުވިޒަލެންޑް ސަފީރުކަމުގެ ފަތްކޮޅު އަރުވުން--

ރާއްޖެއިން ސްވިޒަލޭންޑް އަށް ކަނޑައަޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ޑރ. ސަލްމާ ރަޝީދު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިސް ކޮންފެޑެރޭޝަންގެ ރައީސް، ކަރިން ކެލަ-ޒުޓާއަށް މިއަދު އަރުވައިފިއެވެ.

Ads by STELCO

ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ސްވިރަލޭންޑްގެ ވެރިރަށް ބާންގައި ހުންނަ ފެޑަރަލް ޕެލަސްގައެވެ.

ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ސަލްމާ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ނަމުގައި ސްވިސް ކޮފެޑެރޭޝަންގެ ރައީސް އަށާއި ސްވިސް ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައިފަ އެވެ.

އަދި އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި ސްވިޒަލޭންޑް އާ ދެމެދު އޮންނަ ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގައި އިތުރު އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް ސަލްމާ އެރުވި އެވެ.

އެ ބައްދަލުވުމުގައި ސްވިސް ކޮންފެޑެރޭޝަންގެ ރައީސް ވިދާޅުވީ ސްވިޒަލޭންޑް އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ގައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޑރ.ސަލްމާގެ އަރިހުގައި އެކަމަނާގެ ފިރިކަލުން، ޖޮނަތަން ބާޓަން އާއި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ކައުންސެލަރ، އާދަމް ހާމިދު ބައިވެރިވެވަޑައިގަތެވެ.

Ads by Ooredoo